ގޮއިދޫ އޮފީހުން ބުނީ ރައްޔިތުން މިގޮތަށް ނިންމީ ރައްކުރިއަރުވާ ކޮމެޓީއާއި ރައްޔިތުންނާ ކުރެވުނު މަޝްވަރާތަކުން ޔުޓިލިޓީ ކުންފުނިން ހުށައަޅާ އެގްރީމެންޓްގެ ބައެއް މާއްދާތަކާމެދު ހިޔާލުތަފާތުވެގެންކަމަށެވެ.
ގޮއިދޫ ކައުންސިލަރު މުހައްމަދު އާމިރު ވިދާޅުވީ އެގްރިމެންޓްގައި ހިޔާލްތަފާތުވާ މާއްދާތަކާމެދު ދެފަރާތުން އެއްބަސްވުމަކަށް އައިސްފިނަމަ އިންޖީނުގެ ހަވާލުކުރަން ރައްޔިތުން ރުހޭކަމަށެވެ.
މިއަތޮޅުގައި ހުރި ރައްޔިތުންގެ އިންޖީނުގެތަކުގެތެރެއިން އުތުރު ޕްރޮވިންސް ޔުޓިލިޓީ ކުންފުންޏާ މިހާތަނަށް ތިން އިންޖީނުގެއެއް ވަނީ ހަވާލުކުރެވިފައެވެ. ނަމަވެސް އެކުންފުނިން ބުނެފައިވަނީ މިވަގުތައް އިންޖީނުގެތައް ކުންފުންޏަށް ނެގުން މަޑުޖައްސާލެވިފައިވާކަމަށެވެ.

KO Social Network
ASTRONE
KO on Twitter
KO on Facebook